މިއަހަރު ޖޫން މަހުގެ މެދުތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫއަށް ޒިޔާރަތްކުރާއްވާ ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވާ އެޝަކުވާތަކަށް ހައްލު ހޯދައިދެއްވަންވަނީ އެތައްކަމެއް ކޮށްދެވާފައެވެ.
އެގޮތުން ރައްޔިތުން އެދުނުގޮތަށް ބަނދަރަށްވަނީ ބަދަލުތައް ވެސް ގެނެސްދެއްވާފައެވެ. އެ ބަދަލުގެ ކުރެހުންވާނީ މީގެ ކުރިން ތިޔަ ކިޔުންތެރިނަން ފޯރުކޮށްދީފައެވެ.
ރައީސްގެ އެނިންމުން ތަންފީޒު ނުކުރަން ޕުލޭނިން މިނިސްޓްރީން ދަނީ ގިނަ ބަހަނާތައް ދައްކަމުންކަމަށް ހަނިމާދޫ ކައުންސިލުގެ މެންބަރުންތަކެއް ވިދާޅުވެއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ހިއްސާކުރައްވަމުން އެ މެންބަރުން ބުނީ އެ ކުރެހުން ސެޕްޓެމްބަރ މަހު ކައުންސިލަށް ވެސް ލިބިފައިވާކަމަށާ އެހިސާބުން ފެށިގެންވެސް ފްލޭނިން މިނިސްޓްރީން އެކަމަށް ދެކޮޅުހަދަމުން ގެންދާ ކަމަށެވެ.
“ގައުމުގެ ރައީސް ކަމެއް ނިންމަވާ އެކަމަށް ބޭނުންވާ ޓެކްނިކަލް ކުރެހުން ތައްޔާރުކޮށް ފޮނުވީމަވެސް މިއުޅެނީ މިކަން ނުވެގެން، ރައްޔިތުން ސަރުކާރުން އެދުނުގޮތަށް މަޖިލިސް އަދި ކައުންސިލު ހިބައިން ދިނީމާ ރައްޔިތުންނަށް މިފަދަ ޖެއްސުންކުރަން ހެޔޮނުވާނެއްނުން” މައުލޫމާތު އިއްސާކުރަމުން ކައުންސިލު މެބަރަކު ވިދާޅުވިއެވެ.”
މި ހިސާބުން އުފެދޭ ސުވާލެއް އެބައޮތެވެ. މިކަމަށް ރަސްމީ ހައްލެއް ހޯދެއްވުމަށް ކައުންސިލުން ކިހާވަރަކަށް މަސައްކަތްކޮށްފި ހެއްޔެވެ؟ ރަށު ކައުންސިލުތަކުން ސީދާ ރައީސްއާ ބައްދަލުކޮށް ޝަކުވާ ހުށަހެޅި މަންޒަރު ފެނިއްޖެއެވެ. މިކަމުގެ ޝަކުވާ ހަނިމާދޫ ކައުންސިލުން ރައީސްގެ އަރިހަށް ގެންދަވައިފި ހެއްޔެވެ؟ މަޖިލިސް ތެރެއިން މިނިސްޓަރުން ޖަވާބުދާރީކުރުވާތަން ފެނިއްޖެއެވެ. ހަނިމާދޫ ދާއިރާގެ މެންބަރު މެދުވެެރިކޮށް ހައްލެއް ހޯދެއްވުމަށް މަސައްކަތެއް ކުރެވިއްޖެ ހެއްޔެވެ؟
2020 ވަނަ އަހަރު މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރީ 57.12 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއު ނިންމަން އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެއް ޕްލޭނިިން މިނިސްޓްރީންވަނީ އެމްޓީސީސީއަށް ދީފައެވެ.



