ހަނިމާދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް އޮފީހަށް ނުކުމެއްޖެ

ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް ހދ. ހަނިމާދޫ، ނޫރާނީއާގޭ، މުޙައްމަދު އާސިފް އޮފީހަށް ނުކުމެއްޖެއެވެ. އެމަނިކުފާނަން މަރުހަބާ ދެންނެވީ ހަނިމާދޫ ކައުންސިލްގެ މެންބަރުންނާއި އިދާރީ މުއައްޒަފުންނެވެ. މަރުހަބާ ދެންނެވުމުގައި ޑަބްލިއު.ޑީ.ސީ މެންބަރުން ބައިވެރި ވެފައިނުވެއެވެ.

ލާމަރުކަޒީ ގާނޫނުން އެންމެ ފަހުގެ އިސްލާހުގައި ވާގޮތުން ކައުންސިލްތަކުގެ އެންމެ އިސް ސިވިލް ސާރވިސްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާނީ ސެކެރެޓަރީ ޖެނެރަލްއެވެ. ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް މުވައްޒަފަކު އައްޔަން ކުރާނީ 5 އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާރވިސް ކޮމިޝަނުންނެވެ. މި ސެޕްޓެމްބަރ މަހުގެ ތެރޭގައި ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުގައި މި މަޤާމް ހަމަޖައްސާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޖޫން 2021 ގައި ސިވިލް ސާރވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ސެކެރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ކައުންސިލްގެ އިދާރީ ހިންގުމުގެ ޒިންމާ ނެގުމާއި، ކައުންސިލްގެ މެމްބަރުންނަށް ޤާނޫނީ ގޮތުން ލަފާ ދިނުމާއި، ކައުންސިލްގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުވައި ދިނުމަށް ކައުންސިލްއިން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އިދާރީ ގޮތުން ޒިންމާވުމާއި، ކައުންސިލްގެ ލަފާގެ މަތިން މާލީ ޒިންމާތައް އަދާކުރުމާއި، ކައުންސިލުން ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބާވާކަން ކަށަވަރު ކުރުމަކީ ސެކެރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ