ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރިއަށް

ޚަބަރު ފަހުގެ

ށ އަތޮޅު ބިލެއްފަހީގައި އެމްޓީސީސީން ތަރައްގީ ކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއި އެކު ކުރިއަށް ދާކަމަށް އެކުންފުނިން ބުނެފިއެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން އެކުންފުނިން ބުނީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައި ވާކަމަށެވެ. އަދި ބަނދަރު މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް 30 އޮކްޓޯބަރ 2021 ވަނަ ދުވަހު ނިމިފައި ވާކަމަށާއި، އަދި މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަޝްރޫއުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ