ތިންވަނަ ކުއާޓާގައި އެމްޓީސީސީއަށް 56 މިލިއަން ރުފިޔާގެ ފައިދާ

ޚަބަރު ފަހުގެ

މިއަހަރުގެ ތިންވަނަ ކުއާޓާގައި އެމްޓީސީސީއަށް 56 މިލިއަން ރުފިޔާގެ ފައިދާ ވެއްޖެއެވެ.

އެމްޓީސީސީން އާންމުކުރި ކުއާޓަލީ ރިޕޯޓްގައި ވާގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދު ވަނީ ދަށްވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރިޕޯޓްގައި ބުނެފައިވާގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު އާމްދަނީ ކުރީ ދެ ކުއާޓަރަށް ވުރެ ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު ތިންވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެމްޓީސީސީއަށް 484 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާއި އެކު މިއަހަރުގެ ސެެޕްޓެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީއަށް ލިބުނު އާމްދަނީގެ ޖުމްލަ އަދަދުވަނީ 1.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ސާފު ފައިދާގެ އަދަދުވަނީ 212.8 މިލިއަނަށް އަރާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ