ފުއާދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޚަބަރު ފަހުގެ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފުއާދު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވީ އިއްޔެ އެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން ފުއާދު މިވަގުތު ހުންނެވީ ހޯމް ކަރަންޓީނުގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ ދުވަސްތަކެއް ވެފައިވާއިރު އިއްޔެ ވެސް ވަނީ މި ބައްޔަށް އިތުރު 131 މީހަކު ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި 1836 ކޭސް އުޅޭއިރު އޭގެތެރެއިން 29 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލީގައި މިހާތަނަށް ރާއްޖެ އިން ވަނީ 243 މީހަކު ނިޔާވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ