އާނއެކެވެ. މިއީ މިވަގުތު ހަނިމާދޫ ކައުންސިލަރުންގެ ގޮތުގައި ހުވާކޮށްގެން ތިބި މެންބަރުން އެބޭފުޅުންގެ ކެންޕޭނު ދުވަސްވަރު މަސްވެރިންނާ ބައްދަލުކޮށް ދެއްކި އެތަކެއް ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ. މިހަނދާން އެބޭފުޅުން ފަހަރުގައި ނެތިދާނެއެވެ. މި ވާހަކަތައް ހަނދާނުގައި ހުރި އެތައް މަސްވެރިންނެއް ތިބޭނެކަން އެއީ ކަށަވަރު ކަމެކެވެ.
ނަމަވެސް ހިތާމައަކީ އެރޭ ދެއްކި ވާހަކަތައް ހޮޅި ވާހަކަތަކަކަށްވެ ދިމާ އިދިކޮޅަށް ކަންތައް ވަމުންދާކަމެވެ. އެގޮތުން އައު ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މަސްދުވަހަށް ވުރެއް ގިނަ ދުވަސް ވެފައި ވަނިކޮށް މިމަހުގެ އެއްވަނަ ދުވަހު ވަނީ ބާބަނދަރުގެ ވާޓަރު ތަޅަން ފަށާފައެވެ.

އެއާއެކު އޮޑިވެރިންގެ ކަންބޮޑުވުންވީ އިހުނަންވުރެއް ބޮޑެވެ. ވާނި ވެސް އެހެން ނޫންހެއްޔެވެ. ބޭރު ތޮށި ނަގާ ހާމަޔަށް އޮންނަތާ އެތަކެއް ދުވަސް ވަނީވެފައެވެ. އަނެއްކާ އެއްގަމު ތޮށި ތަޅާލާން ފެށީއެވެ. އެތަން ކިހާ ދުވަހަކަށް އެގޮތަށް ވެދާނެބާއޭ އެވެރިން ސުވާލު އުފައްދައެވެ.
މިކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހަނިމާދޫ ކައުންސިލުގެ ޕްރޮޖެކްޓްތަކާ ހަވާލުވެ ހުންނަވާ ކައުންސިލު މެންބަރު އަލީ އިބްރާހިމަށް ގުޅާލުމުން ވިދާޅުވީ އެކަން އެހެން އެވީ އައު ބަނދަރުގެ މަސައްކަތް ޑިލޭ ވެގެން ދާތީ ކޮންޓްރެކްޓަރ އެގޮތަށް އެދުމުން ކުރިއަށް ގެންދަން ކައުންސިލުން ހުއްދަ ދީގެން ކަމަށެވެ.
“އެތަން އަވަހަށް ހަދާ ނިންމާލުން އަޅުގަނޑުމެން ވެސް ބޭނުންވާނީ އެކަމަކު އެތަން ފެށިއިރު އެތަން މަސައްކަތް ކުރާނެ ކުރެހުމެއް ނެތް އެއީ އަޅުގަނޑުމެންގެ ވަރަށްބޮޑު ކަންބޮޑުވުމެއް.” އަލީ އިބްރާހިމް ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ގެނެސްދެއްވަން ވިދާޅުވި ބަދަލުތައް ގެނެސް ދެއްވައި ކުރެހުން ފޮނުވިއިރު އެކަން ކުލަވާތަނެއް ނުފެނެއެވެ. މިއީ ހަމަ ހަނިމާދޫ ވީމާ ހައްގުވާ މިންވަރު ބާއެވެ.


