ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެ ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި، 388.50 ލީޓަރު ބަނގުރަލާއި، 5900.40 ލީޓަރު ބަނގުއާވި ނައްތާަލައިފައިވާ ކަމަށެވެ.
މި ތަކެތި ނައްތައިލީ މި މަހުގެ 06 ވަނަ ދުވަހުގައި ކ.ތިލަފުށީ ކުނި ނައްތައިލާ ސަރަހައްދުގައެވެ.
މި ތަކެތި ނައްތައިލީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެނޫން ވެސް ސަބަބަކާހުރެ ނައްތައިލުމުގައި ކަސްޓަމްސްްއިން ޢަމަލުކުރާނެ އުސޫލުގެ ދަށުންނެވެ.


