ބޮމުގެ ހަމަލާގެ ތަހުގީގަށް ނަޝީދު ބަޔާން ދެއްވައިފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އެމަނިކުފާނު ބަޔާން ދެއްވައިފިއެވެ.

އެ މައްސަަލައިގެ ތަހުގީގަށް ނަޝީދުގެ ފަރާތްޕުޅުން ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވީ މިއަދު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު މިދިޔަ މަހުގެ ތެރޭގައި ނަޝީދު ރާއްޖެ ވަޑައިގެންނެވި އެވެ. ފަސް މަސް ފަހުން ރާއްޖެ ވަޑައިގެންނެވުމަށްފަހު މާލޭގައި ދިރިއުޅުއްވަމުން ގެންދެވީ ދައުލަތުގެ ހަރަދުގައި ހޮޓެލް ޖެންގަ އެވެ.

ނަޝީދުގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމް، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމް އަދި މ. ކުދެހިގެ، އިސްޙާޤުގު، ހއ. މޮޅަދޫ / ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި / އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމާލާއާއި ގުޅިގެން ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ