ރާއްޖެ އެތެރެކުރަން އުޅުނު 94 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ޚަބަރު ފަހުގެ

ރާއްޖެއަށް އެތެރެކުރަން އުޅުނު 94،000،000 (ނުވަދިހަ ހަތަރު މިލިއަން) ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މިރޭ ބުނީ، ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި ޢުމުރުން 28 އަހަރުގެ ފިރިހެނެއްގެ އަތުން ގިނަ ޢަދަދެއްގެމަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭނާއަކީ މި މަހުގެ ދެވަނަ ދުވަހު ރާއްޖެއައި މީހެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ބުނީ އޭނާއާމެދު ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު 18.857 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ހަމައެހެންމެ ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން އެ ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތީގެ މަގުމަތީގެ އަގު 94،000،000 (ނުވަދިހަ ހަތަރު މިލިއަން) ރުފިޔާއަށް އަރައެވެ. ކަސްޓަމްސްއިން ބުނީ، މައްސަލައިގައި ޝާމިލްވާ މީހާއާއި، އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ