05 ދާއިރާއެއްގެ އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ، ނ.ޖުޑިޝަލް ދާއިރާއާއި، ބ.ޖުޑިޝަލް ދާއިރާއާއި، ހއ.ޖުޑިޝަލް ދާއިރާއާއި، ވ.ޖުޑިޝަލް ދާއިރާއާއި، ށ.ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މި މަޤާމުތަކަށް ކުރިމަތިިލުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރުގެ 09 ވަނަ ދުވަހުގެ 13:00 އެެވެ.
މި މަޤާމުގެ އަސާސީ މުސާރައަކީ 23150 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 4000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސްގެ ގޮތުގައި 800 ރުފިޔާ ލިބޭނެއެވެ.
ހަމައެހެންމެ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން ހެލްތު އިންޝުއަރެންސް ލިބޭނެއެވެ. މީގެ އިތުރުން މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް 1500 ރުފިޔާ ލިބޭނެއެވެ.
މި މަޤާމުތަކަށް މީހުން ނެގުމުގައި ޢަމަލުކުރާނީ ”ކޯޓުތަކަށް އިސް ފަނޑިޔާރުން ޢައްޔަންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު“ ގައިވާ ގޮތުގެމަތީންކަމަށް ޖޭއެސްސީން ބުންޏެވެ.


