އުޟްޙިޔާ ކަތިލުން

ފަހުގެ ދީން

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ   وَعَلَى آلِهِ  وَأَصْحَابِهِ  وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

އުޟްޙިޔާއަކީ ކޮބާ؟

އިޝްތިހާރު
އިޝްތިހާރު

އުޟްޙިޔާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުއްތަންވުމަށްޓަކައި އަޟްޙާޢީދުގެ ދުވަސްތަކުގައި ކަތިލެވޭ ނަޢަމްސޫފިތަކަށް ކިޔާނަމެކެވެ.

ޢުޟްޙިޔާ ކަތިލުމުގެ ޙުކުމަކީ ކޮބާ؟

އުޟްޙިޔާ ކަތިލުމަކީ ކީރިތި ޤުރުއާނާއި ސުންނަތާއި އިޖުމާޢުން ޘާބިތުވެފައިވާ އަޅުކަމެކެވެ. އަދި، ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް އުޟްޙިޔާ ކަތިލުމަކީ ވާޖިބެއް ކަމުގައި ޝެއިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

އުޟްޙިޔާ ކަތިލާނީ ކޮންއިރަކު؟

ޙައްޖުމަހުގެ 10 ވަނަދުވަހުގެ(އަޟްޙާ ޢީދު ދުވަހުގެ) ޢީދު ނަމާދު ނިމުނީއްސުރެ ޙައްޖުމަހުގެ 13ވަނަދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާންދެން އުޟްޙިޔާ ކަތިލެވިދާނެއެވެ.

އުޟްޙިޔާ ކަތިލާނީ ކޮންބައެއްގެ ފަރާތުން؟

ދިރިތިބީންގެ ފަރާތުން. (އުޟްޙިޔާގެ އަޞްލަކީ މިއެވެ.)

މައްޔިތެއްގެ ފަރާތުން:

ހ. އެ މައްޔިތާ ވަޞިއްޔަތް ކޮށްފައިވާނަމަ.

ށ. އެ މައްޔިތާއަށް، ކުރާ ހަދިޔާއެއްގެ ގޮތުން. (ނަމަވެސް ބައެއް ޢިލްމުވެރިން، ވިދާޅުވަނީ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތަށް މެނުވީ މައްޔިތެއްގެ ފަރާތުން އުޟްޙިޔާ ކަތިނުލެވޭނެ ކަމަށް)

އުޟްޙިޔާއެއްގެ ގޮތުގައި ކަތިލާނީ ކޮން އެއްޗެއްސެއް؟

ޖަމަލެއް. ޖަމަލެއް ކަތިލުމުން 7 މީހުންނަށް ފުދޭނެއެވެ.

ގެރިއެއް. ގެރިއެއް ކަތިލުމުންވެސް 7 މީހުންނަށް ފުދޭނެއެވެ.

ބަކަރިއެއް. ބަކަރިއެއް ކަތިލުމުން ފުދޭނީ އެންމެ މީހަކަށެވެ. އަދި އެއް ގެއެއްގައި ކެއުން ބުއިމާ އެފަދަ ކަންކަމުގައި ހިއްސާވެގެން އުޅޭ ޢާއިލާއެއްގެ ފަރާތުން އެންމެ އެއްޗެއް ކަތިލުމުން ފުދޭނެއެވެ.

އުޟްޙިޔާގެ ޝަރުޠުތަކަކީ ކޮބާ؟

އުޟްޙިޔާ ކަތިލާމީހާގެ މިލްކެއް ކަމުގައިވުން.

އުޟްޙިޔާ ކަތިލުމަށް ކަނޑައެޅިފައިވާ ވަގުތުގައި ކަތިލެވޭ އެއްޗެއްކަމުގައިވުން.

އުޟްޙިޔާއެއްގެ ގޮތުގައި ކަތިލުމަށް ކަނޑައެޅިފައިވާ 3 ބާވަތުގެ ތެރެއިން ބާވަތެއްގެ ޖަނަވާރެއްކަމުގައިވުން.

 ޢައިބުތަކުން ސަލާމަތްވެފައިވުން.

ކަނޑައެޅިފައިވާ އުމުރުގެ ނަޢަމްސޫތްޕަކަށްވުން؛

ޖަމަލު: 5 އަހަރު

ގެރި: 2 އަހަރު

ބަކަރި: 1 އަހަރު އަދި ކަންބަޅިބަކަރިއެއްނަމަ: 6 މަސް

އުޟްޙިޔާ ކަތިލާމީހާ ސަމާލުވާންޖެހޭ ކަންތައްތަކަކީ ކޮބާ؟

އުޟްޙިޔާ ކަތިލާމީހާ، ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހު، މަޖުބޫރީ ޙާލަތެއް މެދުވެރިވެގެން މެނުވީ، އަންނަނިވި ކަންތައްތަކުން ދުރުވެ ރައްކާތެރިވާންޖެހޭނެއެވެ.

1-ގައިން އެއްވެސް އިސްތަށްޓެއް ވަކިކުރުން.

2-ގައިން ހަންނެއްޓުން.

3-ނިޔަފަތި ކެޑުން.

އެހެންމީހެއްގެ ފަރާތުން އުޟްޙިޔާ ކަތިލާމީހާ، މިކަންތައްތަކުން ދުރުވެ ހުންނާކަށް ނުޖެހޭނެއެވެ.

އުޟްޙިޔާގެ އަދަބުތަކަކީ ކޮބާ؟

1-އެހެންމީހަކާއި ޙަވާލުކުރުމުގެ ބަދަލުގައި އަމިއްލައަށް ކަތިލުން.

2-އުޟްޙިޔާއަކަށް ކަތިލި އެތީގެ:

ތިންބައިކުޅަ އެއްބައި ޞަދަޤާތްކުރުން

ތިންބައކުޅަ އެއްބައި ހަދިޔާކުރުން

ތިންބައިކުޅަ އެއްބައި ކެއުން(ޢާއިލާމީހުން).

މަސްދަރު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ