ފެބްރުއަރީ އެކެއްގެ އަމުރު ތަންފީޒުކުރަން އިންޑިއާއިން 3 ސިޓީ ފޮނުވި: ރައީސް ޔާމީން

ޚަބަރު ފަހުގެ

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކޮށްގެން އިންޑިއާ ސަރުކާރުން ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވި ކަމަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ކާނިވަލުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ބޭއްވި “ކޮތަރު ކޮށި” ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން އިންޑިއާއިން އެދި 3 ސިޓީ ފޮނުވި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިތުރަށް އެކަމުގެ ތަފުސީލު ހާމަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއިން ފޮނުވި ތިން ސިޓީގައި ސޮއިކުރެއްވީ އެއިރު އިންޑިއާގެ ކުރީގެ ޚާރިޖީވަޒީރު ސުޝްމާ ކަމަށެވެ.

އެ ސިޓީތަކުގައި އިންޑިއާއިން ސުވާލު އުފެއްދީ އެ އަމުރު ތަންފީޒުކުރުން ފަސްވާތީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަމާ ގުޅިގެން ތަފުސީލު ދެއްވުމަށް އެކި ވަޒީރުން އަވައްޓެރި ޤައުމުތަކަށް ސަފީރުންގެ ގޮތުގައި ފޮނުއްވި ކަމަށެވެ. އަދި އިންޑިއާ ނޫން ޤައުމުތަކުން އެ ވަޒީރުންނަށް މަރުހަބާ ކިޔައިފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނު އިތުރަށް ވިދާޅުވީ އިންޑިއާއަށް ވަޑައިގަތީ އެމަނިކުފާނުގެ ޚާރިޖީވަޒީރު ޑރ.ޢާޞިމް ކަމަށެވެ. އެ ބޭފުޅުންނާ އިންޑިއާގެ އެއްވެސް ބޭފުޅަކު ބައްދަލުނުކުރެއްވި ކަމަށެވެ.

އިންޑިއާއިން ފޮނުވި ފުރަތަމަ ސިޓީއަށް ޑިޕްލޮމެޓިކް ޖަވާބެއް ދެއްވި ކަމަށެވެ. ދެވަނަ ސިޓީއަށް ޖަވާބުދެއްވަން އުދަގޫވި ކަމަށެވެ. ނަމަވެސް ތިންވަނަ ސިޓީއަށް ޖަވާބުދެއްވަން ބޭނުންފުޅުނުވާތީ ޖަވާބުނުދެއްވި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ