ގދ ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައި ވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
އެކުންފުނިން ބުނީ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 64 ޕަސެންޓް މިހާތަނަށް ނިމިފައި ވާކަމަށެވެ. އަދި އޯޕީޑީ އިމާރާތުގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް 09 ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފެށިގެން ކުރިއަށްދާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


