ހަނިމާދޫން ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހަނިމާދޫ ކައުންސިލްގެ ފަރާތުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހަނިމާދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ޝައުޤުވުރިވާ ފަރާތްތަކުން ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހަނިމާދޫ ކައުންސިލްއަށް އެޑްރެސް ކުރައްވާ 20 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ފޮނުއްވާ އެކަމަށް ކުރިމަތި ލުމަށް އެ އިއުލާނުގައި ވެއެވެ.

މިމަގާމަށް ކުރިމަތި ލެވެނީ ދެ ޝަރުތެއް ހަމަވާ މީހުންނަށެވެ. އެއީ އުމުރުން 18 އަހަރު ފުރިފައިވުމުގެ އިތުރުން ހަނިމާދޫ ރަށްވެއްސެއް ކަމުގައި ވާނަމައެވެ.

ހަނިމާދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީގެ މެންބަރުން ހޮވާނީ ކައުންސިލް ބައްދަލުވުމެއްގައި ނަގާ ސިއްރު ވޯޓަކުންނެވެ.

މި މަގާމަށް 2 ފަރާތައް ވުރެ ގިނަ ފަރާތެއް ކުރިމަތި ނުލައިފިނަމަ އަލުން އިއުލާން ކުރަން ޖެހޭނެކަމަށްވެސް ހަނިމާދޫ ކައުންސިލުން މިއަދު ނެރެފައިވާ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީގެ އުސޫލުގެ 6 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާ ކޮމެޓީގެ އުސޫލު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ