ހަނިމާދޫން މިހާތަނަށް ނެގުނު ހުރިހާ ރެންޑަމް ސާމްޕަލް ނެގެޓިވް

ހަނިމާދޫ ޚަބަރު ފަހުގެ

މި މަހު 12 ވަނަދުވަހު ފެށިގެން މިއަދާހަމައަށް 102 ރެންޑަމް ސާމްފަލް ހަނިމާދޫން ނެގިއިރު ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވް ވެފައެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ އެންމެ ފަހުގެ ކޮވިޑް ތަފްސީލްގައި ބުނެފައި ވަނީ 15 ޑިސެމްބަރ 2021 ގައި ނެގުނު 34 ސާމްޕަލް ގެ ތެރެއިން 3 ސާމްޕަލް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ. އަދި އެއީ ޑައިރެކްޓް ކޮންޓެކްޓް ގެ ގޮތުގައި ނެގުނު 3 ސާމްޕަލް ކަމަށްވެސް ބުނެފައި ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

15 ޑިސެމްބަރ 2021 ސާމްޕަލް ތަކުގެ ތަފްސީލް

  • ރެންޑަމް: 17
  • ޑައިރެކްޓް ކޮންޓެކްޓް: 7
  • ޑިޕާރޗަރ: 6
  • ފްލޫ: 4
  • ޖުމްލަ: 34

މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 59 ފަރާތެއް އެބަތިއްބެވެ. އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ