ހަނިމާދޫ ކައުންސިލުން ހަތަރު މަސައްކަތެއްގެ އެއްބަސްވުމުގައި ކޮންޓްރެކްޓަރުންނާއެކު ސޮއި ކޮށްފިއެވެ.
މިއަދު ވަކިވަކިން ހަނިމާދޫ ކައުންސިލްގައި ކުރިއަށް ގެންދިޔަ މި އެއްބަސްވުންތަކުގެ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ސޮއި ކޮށްފައިވަނީ ހަނިމާދޫ ބޯޅަދަނޑަށް ފެންޖަހާ ނިޒާމެއް ގާއިމުކުރުމާއި، ހަނިމާދޫ ކައުންސިލް އިދާރާއަށް ފަރުނީޗަރ ގެނެސްދިނުމާއި، ހަނިމާދޫ ކައުންސިލްގެ އިޖްތިމާއީ މަރުކަޒު މަރާމާތުކުރުމުގެ އިތުރުން ކައުންސިލް އިދާރާއަށް ބައެއް އިތުރުކުރުމަށެވެ.
ހަނިމާދޫ ބޯޅަދަނޑަށް ފެންޖަހާ ނިޒާމެއް ގާއިމުކުރުން
މި ޕްރޮޖެއްޑް ހަވާލުކޮށްފައިވަނީ 152481ރ އަށް އަރުތަ އިންވެސްޓްމަންޓްއަށެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުހައްމަދު އަދި އަރުތަ އިންވެސްޓްމަންޓްގެ ފަރާތުން މޫސާ ޖައުފަރުއެވެ.

08 ދުވަހުން ނިންމަން ޖެހޭ މި މަސައްކަތުގެ ތެރޭގައި 02 ޕަންޕްހައުސް ރޭނުމާއި، ދަނޑަށް ފެންޖެހުމަށް ހާއްސަ 02 ޕަމްޕް ގެނެސް ހަރުކޮށް ފެންވައިރު ގުޅުމާއި، 04 ފެންމުޑި ޖަންގްޝަން ހެދުމާއިި، ފެންޖަހާނެ ހޮޅި، އަދި ފެންޖެހޭނެ ނިޒާމެއް ގާއިމްކުރުމުގެ އިތުރުން، މިހާރު ހުރި ކަރަންޓްބޯޑް އަޕްގްރޭޓްކުރުން ހިމެނެއެވެ.
ހަނިމާދޫ ކައުންސިލްއިދާރާއަށް ފަރުނީޗަރ ގެނެސްދިނުން
މި މަސައްކަތް ހަވާލުކުރެވިފައިވަނީ 230000ރ އަށް އަލް އަމީރު ހޯލްޑިންގްސްއާއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަންނެވެ. އަލް އަމީރު ހޯލްޑިންގްސްގެ ފަރާތުން ސޮއިކުރީ އިބްރާހީމް ޝާއިރު އެވެ.

30 ދުވަހުން ނިންމަންޖެހޭ މި މަސައްކަތުގެ ތެރޭގައި ހަނިމާދޫ ކައުންސިލް އަށް ކޮންފަރެންސް ބޮޑު މޭޒަކާއި، އެގްޒެކްޓިވް ޗެއަރ އަދި ރަތް ކާޕެޓް ގެނައުން ހިމެނެއެވެ.
ހަނިމާދޫ ކައުންސިލްގެ އިޖްތިމާއީ މަރުކަޒު މަރާމާތުކުރުން
މި މަސައްކަތް 221540ރ އަށް ހަވާލުކޮށްފައިވަނީ ހަނިމާދޫ ބީތްރީ ކޮންސްޓްރަކްޝަންއަށެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން އަދި ބީތްރީ ކޮންސްޓްރަކްޓްގެ ފަރާތުން އިދުރީސް އަބްދުﷲ އެވެ.

25 ދުވަސްތެރޭ ނިންމަން ޖެހޭ މި މަސައްކަތުގެ ތެރޭގައި އިޖްތިމާއީ މަރުކަޒުގެ އެތެރެފާރާއި ބޭރުފާރުގެ ރެސްތައް ބެއްދުމާއި، ކުލަ ކަހާ ސީލަރުލައި ކުލަ ލުމާއި، ކުޑަދޮރުތައް މަރާމާތުކޮށް ދަވާދުލައި، އެތެރެ ސީލިންގް ކުލަލުމާއި، ބޭރުގައި އަތްދޮންނަ ޒިންކެއް ހެދުމާއި، ފާހާނާ ފިޓިންގސް މަރާމާތުކުރުމާއި، ޕޮރޮޖެކްޓަރެއް ސީލިންގް ގައި ހަރުކޮށް، އިރުމަތިފާރުގައި ސްކްރީނެއް ހެދުމާއި، ސީލިންގްގައި ޑައުންލައިޓް ހަރުކުރުމާއި، މުޅި ހޯލު އެއްކޮށް އެއަރކޯންކޮށް ޒަމާނީ ފެންވަރަށް އިޖްތިމާއީ މަރުކަޒު ތަރައްގީކުރުން ހިމެނެއެވެ.
ކައުންސިލް އިދާރާއަށް ބައެއް އިތުރުކުރުން
މި މަސައްކަތް 498200ރ އަށް ހަވާލުކޮށްފައިވަނީ އަރުތަ އިންވެސްޓްމަންޓާއިއެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުހައްމަދުއެވެ. އަރުތް އިންވެސްޓްމަންޓްގެ ފަރާތުން މޫސާ ޖައުފަރުއެވެ.

40 ދުވަހުން ނިންމަން ޖެހޭ މި މަސައްކަތުގެ ތެރޭން ކައުންސިލް އިދާރާގެ މީޓިންގ ރޫމް އަދި ކެބިންގެ އިތުރުން ލައިސަންސް ހިދުމަތް ދޭނެ ރޫމަކާއި އައިޑީކާޑް ހިދުމަތްދޭނެ ރޫމްއަކާއި، މި އިމާރާތް އެއަރކޯން ކުރުމާއި ސީލިންގ އާއި ފިނިިންގެ އެއްމެހައި މަސައްކަތް ކުރުމަށް ހަނިމާދޫ ކައުންސިލުން ހަތަރު މަސައްކަތެއްގެ އެބަސް ވުމުގައި ކޮންޓެކްޓަރުނާއެކު ސޮއި ކޮށްފި


