ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، މިއަދު ހެނދުނު ދިހައެއް ޖަހާކަށް ހާއިރު ދޫކޮށްލައިފިއެވެ.
ޖާބިރު ހައްޔަރު ކޮށްގެން ގެންދިޔައީ ގދ. އަތޮޅު ފަޅު ރަށެއްގައި ހުންނަވަނިކޮށެވެ. އެއީ ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރެއް ތަންފީޒު ކުރަން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ޖާބިރު ހައްޔަރު ކުރުމަށް ފަހު، އެ ކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފުލުހުން އެންގި ކަން އެ އިދާރާއިން ވެސް ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ޖާބިރު ހައްޔަރު ކުރީ އޭނާގެ ކުންފުނި ޔޮޓް ޓްއާސްއާއި ދެކޮޅަށް ސިޓީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ދައުވާ ކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ. .


