މާލެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންޖީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ، މިއަދު އިރުއޮއްސި 18:50 ހާއިރު ވިލިމާލޭ ދެކުނު ފަރާތުން ދަތުރު ކުރަމުންދިޔަ ލޯންޗަކާއި، ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވާކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައި ވާކަމަށެވެ.
މި އެކްސިޑެންޓުގައި 02 މީހަކަށް އަނިޔާ ވެފައި ވާކަމަށާއި، އެ ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށާއި، އެކްސިޑެންޓުގެ ސަބަބުން ޑިންގީ ވަނީ އަޑިއަށް ގޮސްފައި ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، ޑިންގީ އަޑިއަށް ދިއުމާއި ގުޅިގެން އެސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.


