މި ސަރުކާރުގެ ވެރިން އަނބިން ދޫކޮށްލިޔަސް އިންޑިއާ އަތުން ދޫނުކުރާނެ

ފަހުގެ ސިޔާސީ

މި ސަރުކާރުގައި ތިއްބެވި ބޭފުޅުން އަނބިން ދޫކޮށްލިޔަސް އިންޑިއާ އަތުން ދޫނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ކެމްޕޭނުގައި މިއަދު ހަވީރު ފ.ނިލަންދޫ އަށް ވަޑައިގެން ޔާމީން ވިދާޅުވީ ޝައިތާނާ ގުޅިއްޖެ މީހަކު ޝައިތާނާ އަތުން ދޫނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ބައެއް ވެރިން މިހާރު ތިބީ އެހާ ހިސާބުގައި ކަމަށެވެ. އެގޮތުން ބަޔަކު ބޭނުންވާ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނެ އެމީހުންގެ އެހީއާއެކު ވެރިކަމަށް އާދެވުމުން އެމީހުން ދޫކޮށްލާފައި ދެވެން ނެތް ކަމަށާއި މި ސަރުކާރުގެ ބޭފުޅުންގެ އަނބިން ދޫކޮށްލިޔަސް އިންޑިއާ އަތުން ދޫކޮށްލެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ދަންނަވަންތޯ، މި މީހުން މީހުންގެ އަނބިން ދޫކޮށްލިޔަސް އިންޑިއާ އަތުން ދޫކޮށްލެވޭނެ ގޮތެއް ނޯންނާނެ. އެއީ އެކަން އޮތް ގޮތް” ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައިން ފެށިގެން މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އަޣުލަބިއްޔަތު ހޯދަން ކުރި މަސައްކަތް އެކި ފަރާތްތަކުން ޓީވީ އަށް އަރައި ކިޔައިދެމުންދާ ކަމަށާއި އެކަމުގައި މި ސަރުކާރުގައި ތިބި ފަރާތްތަކުން ބަރަހަނާވަމުންދާ ކަމަށެވެ.

“މިއީ ދޫކޮށްލެވޭނެ ކަންކަމެއް ނޫން. މި ކަންކަމުގެ ހަގީގަތާ ހަމައަށް ދާންޖެހޭ. ރާއްޖޭގެ އެންމެ ބޮޑު މަސްލަހަތަކީ ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި އެއްވެސް ކަހަލަ މައްސަލަ ޖެހޭ، އެއްވެސް ކަހަލަ ވިޔަނުދާ ނުފޫޒެއް އަދި އަމުދުން ބޭރުގެ ނުފޫޒަކަށް ޖާގަ ނުދިނުން” ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ މިއަދު ވެސް އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭތީ އެކަމާ ނުރުހުން ފާޅުކޮށް އެ ފަރާތްތައް ރާއްޖެ އިން ފޭބުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ