ހަނިމާދޫ ކޮވިޑް 19ގެ ހާލަތު ނެނގޭތާ 2 ދުވަސް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކޮވިޑް 19ގެ ހާލަތު ނެނގޭތާ 2 ދުވަސް ވެއްޖެއެވެ.

ހަނިމާދޫ ސިއްހީމަރުކަޒުން އެންމެފަހުން ކޮވިޑް 19ގެ އަޕްޑޭޓެއް ރައްޔިތުންނަށް ދީފައި ވަނީ 22 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 23:51 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެދުވަހު ހަނިމާދޫ ސިއްހީމަރުކަޒުން ހާމަ ކޮށްފައިވަނީ “މިއަދު 14 ފަރާތެއްވަނީ ބަލިން ރިކަވަރ ވެފައެވެ. މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 29 އެވެ.
21 ޑިސެމްބަރ 2021 ގައި ނެގުނު ސާމްޕަލް ތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ރެންޑަމް: 19
ޑައިރެކްޓް ކޮންޓެކްޓް: 38
ޑިޕާރޗަރ: 4
ފްލޫ: 1
ޖުމްލަ: 62

މި ކްލަސްޓަރ އާއި ގުޅިގެން މިހާތަނަށް ނެގިފައިވާ ރެންޑަމް ސާމްޕަލް ގެ ޖުމްލަ އަދަދަކީ 183އެވެ.
21 ޑިސެމްބަރ 2021 ގެ ނަތީޖާ ތިރީގަ މިވަނީއެވެ.
ނެގެޓިވް: 60
ޕޮޒިޓިވް: 02 (ޑައިރެކްޓް ކޮންޓެކްޓް)
މިކްލަސްޓަރ އިން މިހާތަނަށް ޖުމްލަ 38 ފަރާތެއް ރިކަވަރ ވެފައިވެއެވެ.” މިފަދައިންނެވެ.

ހަނިމާދޫ ކޮވިޑް 19ގެ އަޕްޑޭޓް ލިބުމުގެ ދަތިކަން ހުންނާތީ ރަށުގެ ގިނަ ފަރާތްތަކެއް އެކަމުގެ ޝަކުވާކުރެއެވެ.

އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ