3 ދުވަހަށް ފަހު ހަނިމާދޫ ސިއްހީ މަރުކަޒުން ކޮވިޑް 19 ތަފްސީލް ރައްޔިތުންނަށް ދީފި

ހަނިމާދޫ ޚަބަރު ފަހުގެ

3 ދުވަހަށް ފަހު ހަނިމާދޫ ސިއްހީމަރުކަޒުން ކޮވިޑް 19 ތަފްސީލް ރައްޔިތުނަށް ދީފިއެވެ.

ހަނިމާދޫ ސިއްހީމަރުކަޒުން އެންމެފަހުން ނެގި ސާމްޕަލް ތަކުގެ ތަފްސީލް ހާމަކޮށްފައި ވަނީ 22 ޑިސެމްބަރ ވީ ދުވަހު 23:51 ގައެވެ. އެދުވަހު ހާމަކޮށްފައި ވަނީ 21 ޑިސެމްބަރ ގައި ނެގުނު ސާމްޕަލްތަކުގެ ތަފްސީލެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭގެ ފަހުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް އޮތުމަށްފަހު މިރޭ 20:21 ހުގައި މިވަނީ 22، 23، 24 ވަނަ ދުވަހުގެ ސާމްޕަލް ތަކުގެ ތަފްސީލް ހާމަކޮށްފައެވެ.

އެގޮތުން ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކުރާ ގޮތުގައި 22 ވަނަދުވަހު 43 ސާމްޕަލް ނެގުނުކަމަށާއި އެއީ ރެންޑަމް 3 ސާމްޕަލާއި ޑައިރެކްޓް ކޮންޓެކްޓް 31 އަދި ޑިޕާޗަރ 11 ސާމްޕަލްކަމަށެވެ. އެދުވަހު ހުރިހާ ސާމްޕަލެއްވެސް ވީ ނެގެޓިވްކަމަށްވެސް ބުނެފައިވެއެވެ.

23 އަދި 24 ވަނަ ދުވަހު ޖުމްލަ 53 ސާންޕަލް ނެގިފައި ވާކަމަށާއި އެއީ ރެންޑަމް 29 އާއި ޑައިރެކްޓް ކޮންޓެކްޓް 12 ސާމްޕަލްގެ އިތުރުން ޑިޕާޗަރ 9 އާއި ފްލޫ 3 ސާމްޕަލް ކަމަށެވެ. އޭގެތެރޭ ޑައިރެކްޓް ކޮންޓެކްޓް 1 ސާމްޕަލް ޕޮޒިޓިވް ވީއިރު އިންކޮންކްލޫސިވް 1 ސާމްޕަލް ވެފައި ވެއެވެ. އެއީވެސް ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލެއްކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ބުނެއެވެ. ނެގެޓިވް ވެފައި ވަނީ 51 ސާމްޕަލެވެ.

މިވަގުތު ހަނިމާދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި 21 ފަރާތެއް އެބަތިއްބެވެ. އަދި 47 ފަރާތެއް މިހާތަނަށް ވަނީ ބަލިން ރަނގަޅު ވެފައެވެ. އެޗްޕީއޭއިން ވަނީ މިމަހުގެ 12 ވަނަ ދުވަހު ހަނިމާދޫ މޮނީޓަރިންއަށް ލާފައެވެ. ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. މިހާތަނަން ހަނިމާދޫ މިފަހަރު ވަނީ ރެންޑަމް 215 ސާމްޕަލް ނަގާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ