ސުނާމީގެ ހިތާމަވެތި ހާދިސާއަށް 17 އަހަރު ފުރުން ހަނިމާދޫ ކައުންސިލުން ފާހަގަ ކުރީ ހަމަހިމޭންކަމުގެ ސުކޫތަކުން

ހަނިމާދޫ ޚަބަރު ފަހުގެ

ސުނާމީގެ ހިތާމަވެތި ހާދިސާއަށް 17 އަހަރު ފުރުން ހަނިމާދޫ ކައުންސިލުން ފާހަގަ ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ. މި ހަމަހިމޭންކަމުގެ ސުކޫތުގައި ހދ. ހަނިމާދު ކައުންސިލްގެ މެންބަރުންނާއި އެންމެހާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ހަަމަހިމޭންކަމުގެ 1 މިނެޓުގެ ސުކޫތު ގެނެސްފައިވަނީ އޮފީހުގެ ރަސްމީ މަސައްކަތްތައް ހުއްޓާލުމަށްފަހު މިއަދު 9:20 ގައި ހަނިމާދޫ ކައުންސިލް ދޮރުމައްޗަށް ނުކުތުމަށްފަހުއެވެ. އެ ގަޑިއަކީ 2004 ވަނަ އަހަރު ޑިސެމްބަރ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ސުނާމީ އެރި ކަމަށް ރިކޯޑް ކުރެވިފައިވާ ވަގުތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

2004 ވަނަ އަހަރު ސުނާމީގެ ސަބަބުން ޖުމްލަ 84 މީހުން ވަނީ މަރުވެފައެވެ. 24 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. އަދި 15،000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ އަބާދީގެ 62 އިންސައްތަ މީހުންނަށް މި ހިތްދަތި ކާރިސާގައި އެކި ކަހަލަ ގެއްލުންތަކާއި ކުރިމަތިވިއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ