ހދ.ހަނިމާދޫ، ރޯނުގެ ޢަލީ ޙަސަން ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މި ފަނާވަނިވި ދުނިޔެއާ ވަކިވެފައެވެ. ޢަލީ ޙަސަން ނިޔާވި ޚަބަރު އަޑު އެހީ ފުން ހިތާމައާއި އެކުއެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ގޮށްކޮޅުގެ ފަރާތުން މަރުޙޫމްގެ އާއިލާއަށް ތައުޒިޔާ ކިޔަމެވެ. އަދި މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން
ކަށުނަމާދުގެ މަޢުލޫމާތު
ނަން : ޢަލީ ޙަސަން
އެޑްރެސް : ރޯނުގެ، ހަނިމާދޫ
ކަށުނަމާދު : މަސްޖިދު މޫސާ ޢަލީ، ހދ.ހަނިމާދޫ
ވަޤުތު : އަސުރު ނަމާދަށްފަހު
ނިޔާވި ތާރީޚް : 28 ޑިސެމްބަރ 2021
ކަށުނަމާދު ކުރެވޭ ތާރީޚް : 28 ޑިސެމްބަރ 2021


