3 ދުވަސް ފަހުން ހަނިމާދޫއަށް ޕެޓްރޯލް ލިބިއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

މުޅި ހަނިމާދޫން ޕެޓްރޯލް ހުސްވިތާ 3 ދުވަސް ފަހުން ޕެޓްރޯލް ލިބިއްޖެއެވެ.

ހަނިމާދޫން ޕެޓްރޯލް ހުސްވެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ހަނިމާދޫން ޕެޓްރޯލް ހުސްވެ ގިނަ ތަކުލީފުތަކާ ރައްޔިތުން ކުރިމަތިލާން ޖެހުނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫއަށް މިއަދު ޕެޓްރޯލް ގެނެސްފައިވަނީ އަރުތަ ފިއުލްގެ ފަރާތުންނެވެ. އެފަރާތުން ވިދާޅުވީ މިއަދު ދިހަހާސް ލީޓަރުގެ ޕެޓްރޯލް ގެނެވިފައި ވާކަމަށެވެ. އަދި މިގެނެވުނު އަދަދުގެ ސަބަބުން ޕެޓްރޯލް ނުލިބިގެން ވި އުނދަގޫ ލުއިވެގެން ދާނެކަމަށެވެ.

ހަނިމާދޫގައި ޕެޓްރޯލް ވިޔަފާރި ކުރަނީ އެތުމާ އަދި އަރުތަ ފިއުލްއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ