ހަނިމާދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ހަނިމާދޫ ޚަބަރު ފަހުގެ

27 ދުވަސަ ފަހުން ހަނިމާދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ހަނިމާދޫ މޮނިޓަރިންގެ ހާލަތަށް އެއްޗުޕީއޭއިން ގެންގޮސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ހެނދުނުއެވެ. އެއީ މިމަހު 6 ވަނަދުވަހު ބަލީގެ އަލާމާތް ހުރެގެން ޑޮކްޓަރަށް ދެއްކި ފަރާތެއް ޕޮޒިޓިވްވުމުން، އެ ކޭހާ ގުޅިގެން ގިނަ ފަރާތްތަކެއް ޕޮޒިޓިވްވަމުން ދިއުމާގުޅިގެނެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްޕީއޭ އިން މިއަދު ހަނިމާދޫގެ މޮނިޓަރިން އުވާލަމުން ވިދާޅުވީ ހަނިމާދޫގެ މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓާނެ ސަބަބެއް މިހާރު އެ ރަށުގައި ނެތް ކަމަށެވެ.

ހަނިމާދޫ ސިއްހީމަރުކަޒުން އެންމެ ފަހުން ކޮވިޑް 19ގެ ހާލަތު އިއުލާން ކޮށްފައިވަނީ 27 ވަނަދުވަހުއެވެ. އެދުވަހު އެ މަރުކަޒުން ބުނީ މިމަހު 6 ވަނަދުވަހު ފެނުނު ކްލަސްޓަރ އިން މިހާތަނަށް ޖުމްލަ 50 ފަރާތެއް ރިކަވަރވެފައިވާކަމަށާއި މިވަގުތު ބަލިޖެހިފައިތިބީ 18 ފަރާތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ