ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ސްރީލަންކާއަށް ކުރައްވާ 04 ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރައީސް ޞާލިޙް ފުރާވަޑައިގެންފައިވާ ކަމަށެވެ.
މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 02 ވަނަ ދުވަހުގައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.


