ބޯވަ ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިއްޖެ

ޚަބަރު ފަހުގެ

ބޯވަ ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކ.ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި 21 އަހަރުގެ ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައިވާ ކަމަށެވެ. ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 08:58 ހާއިރުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ ގޮތުގައި ގެއްލިގެން އުޅޭ ޒުވާނާ އެންމެ ފަހުން ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

(ތަފްސީލް އަންނަނީ)

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ