ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

ޚަބަރު ފަހުގެ

ކ. ގުޅީފަޅު ކައިރިއަށް ބޯވަހިފަން އިއްޔެ ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމުގައި ސިފައިން ބުނެފިއެވެ.

“ޖަންނު” ނަމަކަށްކިޔާ ކުޑަ ލޯންޗެއްގައި ގޮސް ބޯވަހިފަން އުޅުމުގެ ތެރޭގައި ގެއްލުނީ ހދ. ކުމުންދުއަށް އުފަން، އެ ރަށު އަރާއިރު، އުމުރުން 21 އަހަރުގެ ސުރޭހު ހަސަނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކޯސްޓްގާޑުން މިއަދު ބުނެފައިވަނީ ގެއްލުނު މީހާ ހޯދުމުގައި ކޯސްޓްގާޑުގެ ސިފައިން އަންނަނީ ހުއްޓުމެއްނެތި މަސައްކަތްކުރަމުން ކަމަށާއި މިވަގުތު ކޯސްޓްގާޑުގެ ނޫރައްދީން ލޯންޗާއި ހާބަކްރާފްޓް ލޯންޗެއް އަންނަނީ ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ރޭގެ ވަގުތެއްގައި ކޯސްޓްގާޑުން ހާމަކޮށްފައިވާގޮތުގައި އެމީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން 55 ހާސް އަކަމީޓަރު ވަނީ ބަލައިފައެވެ. އަދި ސްނޯކަލް ކޮށްގެން 36 ހާސް އަކަމީޓަރު ވަނީ ބަލާފައެވެ.

ކޯސްޓްގާޑުން އިއްޔެ ބުނެފައިވާގޮތުގައި އެ ޒުވާނާ ގެއްލުނުކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ 08:58 ހާއިރުގައެވެ.

ގުޅީފަޅު ހުޅަނގު ދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށް ކަމަށާއި އެންމެފަހުން އެ ޒުވާނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޝޯޓެއް ކަމަށާއި އަދި ނޫކުލައިގެ މާސްކެއް އަޅާފައިހުރިކަމަށް ކޯސްޓްގާޑުން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ