މާލޭގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގުރާމެއް ފަށައިފި

ޚަބަރު ފަހުގެ

މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން އެއްލައްކަ ގަސް އިންދުމުގެ ޕްރޮގުރާމެއް މިއަދު ފަށައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ އެ ޕްރޮގުރާމަކީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަމެއް ކަމަށެވެ. މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮގުރާމެއް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފައްޓަވައިދެއްވީ މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަދުވަހު ހިދުމަތްކޮށްދެއްވާފައިވާ، އެ ކައުންސިލްގެ ސީނިއާ އެކައުންޓްސް އޮފިސާ އަބްދުﷲ ރަމީޒް އެވެ.

އެއްލައްކަ ގަސް އިންދުމުގެ މި ޕްރޮގުރާމަކީ މި އަހަރަށް ލަފާކޮށް ސިޓީ ކައުންސިލުން ހިންގުމަށް އަމާޒުހިފާފައިވާ އެންވަޔަރަމަންޓް ފްރެންޑްލީ ޕްރޮޖެކްޓުތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ. އެގޮތުން ޕްލާސްޓިކް މަދުކުރުމުގެ މަޝްރޫއުތަކެއްވެސް މި އަހަރުގެ ތެރޭގައި ފެށުމަށް ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ