ުރާއްޖޭގައި ރަސްމީކޮށް “ހޯމް ސްޓޭ” ޓޫރިޒަމް މ. ދިއްގަރުގައި މިއަދު ފަށައިފިއެވެ.
ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ދިއްގަރު ފަޅަށް ލޯންޗު ވަނުމުގެ ކުރިން ދޯނިތަކުގައި ސަގާފީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ފަތުރުވެރިން ނަށް ވޯޓާ ސެލިއުޓެއް ދީފައި ވެއެވެ.
ހޯމް ސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައި ވަނީ މ. ދިއްގަރުގެ ” މޫރިތި ” ގެއެވެ. އެގޮތުން އެ ގޭގައި ޓޫރިސްޓުން ބޭތިއްބުމުގެ ލައިސެންސް، ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ގޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.
ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށާފައި ވަނީ 5 ފަތުރުވެރިންނާ އެކުއެވެ. އޭގެ ތެރޭގައި ހިމެނެނީ ސޫދާނުގެ ދެމަފިރި އަކާއި އެމެރިކާގެ ދެމަފިރިންނާއި އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް އެވެ.
ދިއްގަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދާއި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ބައިވެރިވެވަޑައިގެންނެވިއެވެ.


