މާމުނަގައު ރިސޯޓަށް ސީޕްލޭން ޖައްސާ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ޚަބަރު ފަހުގެ

ރ. މާމުނަގައު ރިސޯޓުގެ ސީޕްލޭން ޖައްސާ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްޑީއެފުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ޕްލެޓްފޯމް ކަނޑައިގެންގޮސްފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިރޭ 19:15 ހާއިރު ކަމަށެވެ. އަދި އެ ޕްލެޓްފޯމުގެ ދިގުމިނުގައި 20 ފޫޓު އަދި ފުޅާމިނުގައި 10 ފޫޓު ހުންނާނެ ކަމަށް ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އޭގެ އިތުރުން އެ ޕްލެޓްފޯމުގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެއީ ނޫކުލައިގެ ޕްލެޓްފޯމެކެވެ.

އެހެންކަމުން އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ