ޢަރަބި ލީގުގެ ޤައުމަކަށް ރާއްޖެ ހަމަޖައްސަން ސައުދީ ޢަރަބިއްޔާއިން ހުށަހެޅި: ރައީސް ޔާމީން

ފަހުގެ ސިޔާސީ

ދިވެހިރާއްޖެއަކީ ޢަރަބި ލީގުގެ މެންބަރު ދައުލަތެއްގެ ގޮތުގައި ހަމަޖައްސަން ސަޢޫދީ ޢަރަބިއްޔާއިން އެމަނިކުފާނުގެ ވެރިކަމުގައި ހުށަހެޅި ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ޗެނަލް-13 އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތު ބައްޓަންކުރެއްވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކަމަށެވެ. އެގޮތުން އިސްލާމީ ޤައުމުތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް އިސްކަންދެއްވި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ސަޢުދީ ޢަރަބިއްޔާއާ ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެ ޤައުމުގެ ގުޅުން ބަދަހިވި މިންވަރުގެ މިސާލެއް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖެއަކީ ޢަރަބި ލީގުގެ ޤައުމެއް ކަމުގައި ހަމަޖައްސަން ނުވަތަ އެ ލީގުގެ މެންބަރުކަން ދިވެހިރާއްޖެއަށް ދިނުމަށް ސަޢުދީން ހުށަހެޅި ކަމަށެވެ. “ބައްލަވާ މިކަން އޮތް ހިސާބު، ސައުދީ ސަރުކާރަށް އަޅުގަނޑަށް ހުށަހެޅި ޢަރަބި ލީގުގެ ޤައުމަކަށް ރާއްޖެ ހުށަހަޅަން. އެކަމަކު ރާއްޖެއަކީ އަރަބި ޤައުމެއްވެސް ނޫން ދެއްތޯ؟،” ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހިރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށް ބުނާ ބުނުމަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ކުރިއެރުމަށް އެންމެ ބޮޑަށް އެހީވާ ޤައުމުތަކާ އެމަނިކުފާނުގެ ވެރިކަމުގައި ގުޅުން ވަރަށް ބޮޑަށް ހަރުދަނާކުރައްވައި ބަދަހިކުރެއްވި ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުގައި އިސްލާމީ ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއާއި އޯއައިސީއާ ދެމެދުގައި އޮތް ގުޅުން އެމަނިކުފާނުގެ ވެރިިކަމުގައި ބަދަހިވި މިންވަރަށް އެއްވެސް އިރެއްގައި ބަދަހިނުވާ ކަމަށް ވިދާޅުވިއެވެ.

ޔޫރަޕުގެ ޤައުމުތަކާ އެމަނިކުފާނުގެ ސަރުކާރާ ގުޅުން ހީނަރުވި ކަމަށާއި، ނަމަވެސް އެ ޤައުމުތަކަކީ ރާއްޖެއަށް އެހައި ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމުތަކެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ ޤައުމުތަކުން ބޮޑަށް މަސައްކަތްކުރަނީ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކުރުމާއި އެ ޤައުމުތަކުގައި ހުރި ލިބަރަލް އަގުކުރުންތައް ފެތުރުންފަދަ ކަންކަމަށް ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ