ރ. އިނގުރައިދޫ ސްކޫލުގެ ހަތަރު ކްލާސްރޫމް، ސްޓާފްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލު ކުރީ މާލާ ހައި ރައިސިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެވެ.
މި އެއްބަސްވުމުގައި އެޑިއުކޭޝަން މިިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ ސީނިޔާ ޕޮލިސީ ޑިރެކްޓަރު ނައުޝާދް އިބްރާހީމެވެ. މާލާ ހައި ރައިސިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ުއިބްރާހީމް އަހްމަދެވެ.
އެ ކުންފުނިން މި މަސައްކަތް ނިންމަން ޖެހެނީ 360 ދުވަހުގެ ތެރޭގައި އެވެ. މިއީ 16.9 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.


