ސަރުކާރުން ރަށްރަށަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރު ފުރިހަމަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
ނ.އަތޮޅުގެ 5 ރަށަކަށް ކުރައްވާ ޒިޔާރަތުގައި މިއަދު އެ އަތޮޅުގެ މާފަރަށް ވަޑައިގެން ރައީސް ޞާލިޙުވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.
ކައުންސިލާއެކު އޮތް ބައްދަލުވުމަށްފަހު ރައީސްވަނީ އެ ރަށުގެ ރައްޔިތުންނާ ވަކިން ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުުގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެގޮތުން މިހާތަނަށް ސަރުކާރުގެ ވައުދުތަކުގެ 99-85 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ފުޅާކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރައްވާނެ ކަމަށާއި، އެގޮތުން އެއާޕޯޓުގެ ޖާގަ އިތުރުކުރުމުގެ ގޮތުން ރަންވޭ ބޮޑުކޮށް ޓާމިނަލްވެސް އިތުރަށް ބޮޑުކުރުމާއެކު އެ އެއާޕޯޓުގައި ޖެޓްފިއުލް އެޅޭނެ އިންތިޒާމު ތަރުތީބުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދަޅުވިއެވެ.
އަދި މާފަރުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްްވުމާއެކު އެތަން އިތުރަށް ބޮޑުކުރައްވާނެ ކަމަށް ރައީސްވަނީ ވައުދުވެވަޑައިގެންފައެވެ.


