އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވާ ވަގުތީ އިމާރާތް ނިމޭއިރު 18 ކްލާސް ރޫމް ހުންނާނެ ކަމަށް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެއްޓަރީ އަހުމަދު އަލީ ވިދާޅުވީ ވަގުތީ އިމާރާތުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްދާ ކަމަށެވެ. މި މަހުގެ 16 ވަނަ ދުވަހު ސްކޫލްތައް ހުޅުވޭ އިރު އެ އިމާރާތް ހުޅުވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ވަގުތީ އިމާރާތުގައި 18 ކްލާސްރޫމާއެކު އޮފީސް ބައެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސްކޫލެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ވަގުތީ އިމާރާތުގައި ހުންނާނެ ކަމަށެވެ.
އެމްޓީސީސީ ސޯމިލް ކުރީން ހިންގި އަދި ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށް އަރަބިއްޔާގެ ދަރިވަރުން ކިޔެވުން ވަގުތީގޮތުން ބަދަލުކުރަން ޖެހުނީ އަރަބިއްޔާގެ އިމާރާތުގެ ހާލަތު ދަށްވެ ނުރައްކާ ވުމުންނެވެ.
ދާއިމީ އިމާރާތެއް އަރަބިއްޔާގެ ދަރިވަރުނަށް ހަމަޖެހެން ދެން ދެން ކިޔެވުން ކުރިއަށް ގެންދާނީ އެއިމާރާތުގައެވެ.


