މައިލޯ 8 ވަނަ ޤައުމީ ހޭންޑްބޯޅަ މުބާރާތުގައި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހޭންޑްބޯލް ޓީމްގެ ކުޅުންތެރިއެއް ރެކޯޑެއް ހަދައިފި

ކުޅިވަރު ފަހުގެ

މައިލޯ 8 ވަނަ ޤައުމީ ހޭންޑްބޯޅަ މުބާރާތުގެ 2 ވަނަ ޑިވިޝަންގެ އަންހެން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހޭންޑްބޯލް ޓީމްގެ ވައިސް ކެޕްޓަން އަދި ކީޕަރ ރެކޯޑެއް ހަދައިފިއެވެ.

15 ޑިސެމްބަރ 2021 ވަނަ ދުވަހު މާލޭގެ ނެސަނަލް ހޭންޑްބޯލް ސްޓޭޑިއަމްގައި ފެށި މައިލޯ 8 ވަނަ ޤައުމީ ހޭންޑްބޯލް މުބާރާތުގެ 2 ވަނަ ޑިވިސަންގެ އަންހެން ޗެންޕިއަންކަން ރެޑްހޯރކްސް ސްޕޯރޓްސް ކުލަބުން ހޯދާފައިވާއިރު، އެ ޓީމްގެ ގޯލް ބަލަހައްޓާފައިވަނީ ކުޅިވަރުގައި އަދި އެހެނިހެން ހަރަކާތަތަކުގައި މިހާރު ރާއްޖޭގެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދަމުން އަންނަ އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހޭންޑްބޯލް ޓީމްގެ ކީޕަރ އަދި އެ ޓީމްގެ ވައިސް ކެޕްޓަން އައިޝަތު ވިރާސާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މުބާރާތުގައި ތަފާތު، މޮޅު ކުޅުމެއް ދައްކާ އެތައް ބައެއްގެ ހިތްތަކުން މިހާރު ވިރާސާ ވަނީ ޖާގަ ހޯދާ މައިލޯ 8 ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ 2 ވަނަ ޑިވިޝަންގެ އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާ ރެކޯޑެއް ޤާއިމް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ހޭންޑްބޯލް ޤައުމީ މުބާރާތެއްގައި ގޯލްކީޕަރަކަށް މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބިފައެއް ނުވެއެވެ.

މިއީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރެޑްހޯރކްސް ގޯލަށް އަމާޒުވި ނުރައްކާތެރި އެތައް ހަމަލާއެއް ހުއްޓުވާ 4 މެޗްގެ ކުއީން އޮފް ދަ މެޗާއިއެކު އައިޝަތު ވިރާސާ ހޯދި ފަޙުރުވެރި ކާމިޔާބީއެކެވެ.

މުބާރާތް ނިމުމާއިއެކު ވިރާސާ އެ ކުލަބަކަށް ނިސްބަތްވާ އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން ދިޔައީ ކުޅުންތެރިޔާ ރަށަށް އައުމާއި އެކު ހޫނު މަރުހަބާއެއް ކިއުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ޖެނުއަރީ 1 ވީ ހޮނިހިރު ދުވަހު ހަވީރު ޗެންޕިއަން ޓްރޮފީއާއި އެކު ވިރާސާ ރަށަށް ފޭބުމާއިއެކު އާރުބީޖީ ސްޕޯޓްސް ކުލަބުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. ރަތް ދޫލައިގައި އެރަށު ބަނދަރު ސްޓޭޖްގައި މި ކާމިޔާބީ ފާހަގަކުރުމަށް ކުޑަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި އެކުލަބުގެ ރައީސް ވަނީ ރެޑްހޯރކްސް ހޭންޑްބޯލް ޓީމްގެ މެނޭޖްމަންޓް އަށާއި ކުޅުންތެރިންނަށް ޝުކުރުއަދާކޮށްފައެވެ. އަދި ޑިސެމްބަރ 25 ވަނަ ދުވަހު އާރުބީޖީ ސްޕޯރޓްސް ކުލަބަށް 2 އަހަރު ވުމާއި ގުޅިގެން ކުލަބުގެ މެމްބަރުންނަށް ޝުކުރުއަދާކޮށް 2021 ވަނަ އަހަރަކީ ކާމިޔާބު އަހަރެއްގެ ގޮތުގައި ނިންމާލެވުނީ ކުލަބުގެ މަޤްސަދް ހާސިލްވެގެން އުންމީދު ކުރިވަރަށް ވުރެވެސް ގިނަ ހަރަކާތްތަކާއި އެކު ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އެ އުފާވެރިކަމާއި އެކު ކުލަބުން ކުޅިވަރުގައި ކުރަމުން ދިޔަ އުންމީދު ހާސިލްކޮށްދިނުމުގައި ކުލަބުގެ ކޯޗް އާމިރު އިބްރާހިމްގެ އިހްލާސްތެރި މަސައްކަތުން މުޅި އަރިއަތޮޅަށާއި، ބޮޑުފޮޅުދޫ އަދި އާރުބީޖީ ސްޕޯރޓްސް ކުލަބު ފަހްރުވެރިވާފަދަ، ފަހްރުވެރި މަޤާމެއް އެ ކުލަބުގެ މެމްބަރު އައިޝަތު ވިރާސާގެ ހުނަރާއި ހިތްވަރުން ހޯދާދީފައި ވާތީ ޝުކުރު އަދާކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ