2020 މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ 3ވަނަ ޝިޕްމެންޓެއް ގެނެސްފި

ހަނިމާދޫ ޚަބަރު ފަހުގެ

2020 މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރަށް ބޭނުންވާ ކޮންކްރީޓް ގަލުގެ 3ވަނަ ޝިޕްމެންޓެއް ގެނެސްފިއެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް 4 ޖެނުއަރީ 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވަކާމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި މަޝްރޫޢުގެ ދަށުން 53،522.50 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ހަނިމާދޫ ބަނދަރު މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. ހަނިމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރީ 57.12 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއު ނިންމަން އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެއް ޕްލޭނިިން މިނިސްޓްރީން ވަނީ އެމްޓީސީސީ އަށް ދީފައެވެ. 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ