ސިޓީ ނައިޓް މާރކެޓް އެޗްޕީއޭއިން ހުއްޓުވައިފި

ޚަބަރު ފަހުގެ

ކޮވިޑް 19 އަދަދުތައް މަތިވަނީ ސިޓީ ނައިޓް މާރކެޓް ބޭއްވުމުން ކަމަށް ދޭހަވާ ބީދައިން އެޗުޕީއޭއިން ކަންތައްކޮށް، އެ މާކެޓް ހުއްޓުވައިފިއެވެ.

މާލޭ ސިޓީ ކައުންސިލަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފޮނުވި ސިޓީ ނަންބަރ: 23-1/425/2022/2 (5 ޖަނަވަރީ 2022) ގެ ސިޓީގައި ވަނީ މާލެ ސިޓީގައި ނައިޓް މާރކެޓް ބޭއްވުން ހުއްޓާލުމަށް އަންގަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެޗްޕީއޭއިން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނައިޓް މާރކެޓް ހުއްޓާލުމަށް އެންގި ސިޓީގައިވަނީ، އެތަނުގައި ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ބަލި ޖެހުމަށް ފުރުސަތު ބޮޑުކަމަށް ބުނެއެވެ.

ނަމަވެސް އާ އަހަރު ފާހަގަ ކުރުމަށް ހުޅުމާލޭގައި 11،000 އަށް ވުރެއް ގިނަ މީހުން އެއްތަނަކަށް ޖަމާވެ ބޮޑު މިއުޒިކް ޝޯއެއް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވާފައެވެ. އަދި އެ ހަރަކާތުގައި އެއްވެސް ވަރަކަށް ގައިދުރުކަމުގެ މިންގަނޑަށް އަމަލު ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ސަރުކާރުން ކުރާ ކަންކަން އެޗްޕީއޭގެ ސަމާލުކަމަށް ނައުމަކީ ގިނަ ރައްޔިތުން ހިތްހަމަނުޖެހި ސުވާލު އުފައްދާ ކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ