ވީއައިއޭ ގައި ތަރައްގީ ކޮށްފައިވާ އާ ވީއައިޕީ ޓާމިނަލް މާދަމާ ހުޅުވަން ނިންމައިފި

ޚަބަރު ފަހުގެ

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ވީ.އައި.ޕީ ޓަރމިނަލް މާދަމައިން ފެށިގެން ބޭނުން ކުރަން ނިންމާފައިވާކަމަށް އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ.

އައު ވީ.އައި.ޕީ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ހުޅުލޭ ހުޅަނގު ފަރާތުގައި ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމުގައެވެ. މާދަން ހުޅުވުމަށް ހަމަޖެހިފައިވަނީ އައު ވީ.އައި.ޕީ ޓަރމިނަލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައިވާ 4 ބުރީގެ ޢިމާރާތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

2200 އަކަމީޓަރުގެ ޖާގައިގެ ސަރަޙައްދެއްގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގައި އެއްފަހަރާއި 95 މީހުނަށް ޚިދުމަތްދެވޭނެކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއްވައެވެ. މިހާރު ބޭނުންކުރަމުންދާ ވީ.އައި.ޕީ ޓަރމިނަލުން އެއްފަހަރާ ޚިދުމަތް ދެވެނީ 65 މީހުންނަށެވެ.

އައު ވީ.އައި.ޕީ ޓަރމިނަލްގެ މަސައްކަތްކޮށްފައިވަނީ، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީ.ޔޫ.ސީ.ޖީ)އިންނެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ