އާދަމް ޝަފިގް ހޯދަން 5692 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި

ޚަބަރު ފަހުގެ

ހޯމަ ދުވަހުގެ ރޭ ދިޔަވެގެން އަޑިއަށް ދިޔަ “އަލަމާ 5” ނަމަކަށް ކިޔާ ދޯނިން ގެއްލުނު ތިން މީހުންގެ ތެރެއިން އަދިވެސް ހޯދަމުންދާ ދޯނީގެ ކައްޕި އާދަމް ޝަފިގް ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެ ދޯނީގެ ކެޕްޓަން އާދަމް ޝަފީގު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން 5692 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި މެދުކެނޑުމެއްނެތި އާދަމް ޝަފިގް ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ގެއްލިފައިވާ ފަރާތް ހޯދުމުގެ މަސައްކަތުގައި ސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކާއި ފްލައިޓްތަކުގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ ދޯނިން ދަތުރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީ ދެ މީހުން ވަނީ ފެނިފައެވެ. އެމީހުން ނަގާފައި ވަނީ އެމީހުން ދަތުރުކުރި ދޯނި އަޑިއަށް ދިޔަ ވ. ފުއްސަރު ކައިރިން 30 ގަޑިއިރު ފަހުންނެވެ.

އެމީހުން ކަނޑުމަތިން ނެގީ އިއްޔެގެ ހެނދުނު 6:45 ހާއިރުއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ