ހަނިމާދޫ 5 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން ދާދި ދެންމެ ހާމަކުރިގޮދުން 10 ޖަނަވަރީ 2022 ގައި ނެގުނު 18 ސާމްޕަލް ގެ ތެރެއިން 5 ސާމްޕަލް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ 4 ފްލޫ ސާމްޕަލް އާއި 1 ޑިޕާޗަރ ސާމްޕަލް ކަމަށް އެ މަރުކަޒުން ހާމަކުރެއެވެ.
މިކޭސްތައް ފެނުމާއެކު އެ މަރުކަޒުން ވަނީ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ޑޮކްޓަރަށް ދައްކަން ދުރުވުމުގެ ބަދަލުގައި އެމަރުކަޒުގެ ނަމްބަރ 6520083 އަށް ގުޅުއްވައިގެން ޓެލެކޮންސަލްޓޭޝަން ހެއްދެވުމަށްފަހު ސާމްޕަލް ނަގައި، ނެގެޓިވް ނަތީޖާ ލިބެންދެން އެކަހެރިވެ ހުންނެވުންމަށް އަންގާފައެވެ.
މީގެ ކުރިންވެސް ކޮވިޑް 19ގެ ކޭސްތަކެއް ފެނި 2021 ވަނަ އަހަރު ޑިސެމްބަރ 12 އިން އެމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހަނިމާދޫ މޮނީޓަރިންއަށް ލިއެވެ. އެފަހަރު 68 މީހުނަން ކޮވިޑް ޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


