ހަނިމާދޫން އިތުރު 05 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވްވެ، ޖުމުލަ އަދަދު 26 އަށް އަރައިފިއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން މިއަދު ހާމަކުރިގޮތުގައި ޖަނަވަރީ 13 ވަނަ ދުވަހު ނެގުނު 13 ސާމްޕަލް ގެ ތެރެއިން 05 ސާންޕަލެއް ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ.
އެއީ ފްލޫ 1 ސާމްޕަލް އާއި 4 ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލް ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.
މި ފަހަރު ހަނިމާދޫން ކޮވިޑު 19 ކޭސްތަކެއް ފެނުނީ 10 ޖަނަވަރީ 2022 ގައެވެ. އެދުވަހު ވަނީ 5 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އަދި 11 އަދި 12 ޖަނަވަރީ 2022 ވަނީ 16 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ ފްލޫ 2 ސާމްޕަލް އާއި 11 ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލް އަދި 03 ޑިޕާޗަރ ސާމްޕަލެވެ.


