ދިރާގުން ބިދޭސީންނަށް ހާއްސަކޮށްގެން “ހެލޯ ޕްރީޕެއިޑް” ތައާރަފްކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން “ހެލޯ ޕްރީޕެއިޑް”ގެ ނަމުގައި ޕްރީޕެއިޑް ޕްލޭނެއް ދިރާގުން ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރީޕެއިޑް ޕްލޭނަކީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ސްރީލަންކާ، ފިލިޕީންސް، ނޭޕާލް އަދި ތައިލެންޑާއި ޗައިނާގެ ރައްޔިތުންނަށް ހާއްސަ ޕްލޭނެއް ކަމަށެވެ. މި ގައުމުތަކަކަކީ ރާއްޖޭގައި އެންމެ ގިނައިން ބިދޭސީން އުޅޭ ގައުމުތަކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދިރާގުން ބުނީ މި ޕެކޭޖުން ބިދޭސީ ކަސްޓަމަރުން އެމީހުންގެ ގައުމު ހިޔާރު ކުރުމުން ހާއްސަ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. އަދި ޕްރީޕެއިޑް އެހެން އޮފާތައް ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން މި ކޮމްބޯ ޕެކޭޖުތަކުން 25 ޕަސެންޓު އިތުރު އެލަވަންސް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހުގެ 31ގެ ނިޔަލަށެވެ.

“ހެލޯ ޕްރިޕެއިޑް” ސިމް ކާޑުތައް މާލެ އަދި ހުޅުމާލޭގައި ހުންނަ ދިރާގުގެ ކަސްޓަމަ ސާވިސް ސެންޓަރުތަކުންނާއި ސޭލްސް ސެންޓަރުތަކުން ގަނެވޭނެއެވެ.

އަދި މިހާރުވެސް ދިރާގުގެ އެހެން ޕެކޭޖެއް ގެންގުޅުއްވާ ކަސްޓަމަރެއްކަމުގައި ވާނަމަ، “PKG HELLO” ޖެހުމަށް ފަހު 444 އަކަށް އެސްއެމްއެސްއެއް ކޮށްލުމުން ޕެކޭޖު ބަދަލުކުރެވޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ