ހަނިމާދޫން އިތުރު 05 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވްވެ، ޖުމުލަ އަދަދު 47 އަށް އަރައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން އިތުރު 05 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވްވެ، ޖުމުލަ އަދަދު 47 އަށް އަރައިފިއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން މިއަދު ހާމަކުރިގޮތުގައި ޖަނަވަރީ 15 ވަނަ ދުވަހު ނެގުނު 32 ސާމްޕަލް ގެ ތެރެއިން 05 ސާންޕަލެއް ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ. އެއީ ފޫލޫ 5 ސާމްޕަލް ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ފަހަރު ހަނިމާދޫން ކޮވިޑް-19ގެ ކޭސްތަކެއް ފެނުނީ 10 ޖަނަވަރީ 2022 ގައެވެ. އެދުވަހު ވަނީ 5 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އަދި 11 އަދި 12 ޖަނަވަރީ 2022 ވަނީ 16 ފަރާތެއް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއީ ފްލޫ 2 ސާމްޕަލް އާއި 11 ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލް އަދި 03 ޑިޕާޗަރ ސާމްޕަލެވެ.

މީގެއިތުރުން ޖަނަވަރީ 13 ވަނަ ދުވަހު ނެގުނު 13 ސާމްޕަލް ގެ ތެރެއިން 05 ސާންޕަލެއް ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ. އެއީ ފްލޫ 1 ސާމްޕަލް އާއި 4 ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލް ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.

އަދި ޖަނަވަރީ 14 ވަނަ ދުވަހު ނެގުނު 42 ސާމްޕަލް ގެ ތެރެއިން 16 ސާންޕަލެއް ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ.

އެއީ ފްލޫ 1 ސާމްޕަލް އާއި 9 ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލް އާއި 04 ޑިޕާޗަރ ސާމްޕަލް އަދި 02 ރެންޑަމް ސާމްޕަލް ކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ