ބ.ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ނިމިއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނީ ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %70 ނިމިފައިވާއިރު، ވެލި ބޭނުންކޮށްގެން ކޮނުމަށްފަހު ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ ބެޑު ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11،700 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުން ހިމެނެއެވެ. ހަމައެހެންމެ 280 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއަކީ 10.13 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.


