މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ކުރާ ޖެއްސުން ހުއްޓާލަން ޖެހޭ ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މާލެ ސިޓީގެ ކައުންސިލް މެމްބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.
އެނާ އެހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 36 ވަނަ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒަމީރުގެ ވާހަކަފުޅުގައި ވިދާޅުވީ، މާލެ ސިޓީ ކައުން ސިލަށް އާންމުދަނީ ލިބެން ހުރި ނޯރތު ހާބަރާ ޓީޖެޓީ ނުދޭން ނިންމާ ރައީސް އޮފީހުން ސިޓީ ފޮނުވުމުން ދޭހަވެގެން ދަނީ ރައީސް އޮފީހުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާއެއް ވާން ބޭނުން ނުވާ މަންޒަރު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގެއްލުން ވެގެން ދަނީ ރައްޔިތުންނަށް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަމީރު ވިދާޅުވީ، ކައުންސިލްގެ އިމާރާތް އެޅުމަށް ބަޖެޓުގައި އޮތް 18 މިލިއަން ރުފިޔާއިން 7 މިލިއަން ރުފިޔާ އުނިކޮށް މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބޭނުމުގައި ކައުންސިލް އިމާރާތުގެ ބަޖެޓުން ދެ ކޮމަންޑޫ ގުޅުވާލުމަށް ކުރާ މަސައްކަތަކި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.


