ހަނިމާދޫން އިތުރު 10 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވް ވީއިރު، 21 ފަރާތެއް ރަނގަޅުވެއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫން އިތުރު 10 ފަރާތެއް ކޮވިޑް 19އަށް ޕޮޒިޓިވް ވީއިރު، 21 ފަރާތެއް ރަނގަޅުވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން މިއަދު ހާމަކުރިގޮތުގައި 10 ފަރާތެއް އަލަށް ޕޮޒިޓިވް ވީއިރު 21 ފަރާތެއް ވަނީ ރަނގަޅުވެފައެވެ. އަދި ނަތިޖާ ނުލިބޭ 43 ސާމްޕަލެއް ވާކަމަށްވެސް ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިވަގުތު ހަނިމާދޫގައި ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ 36 މީހުން ތިބިއިރު 40 ގެއެއް ހޯމް ކަރަންޓީނު ކުރެވިފައި ވާކަމަށްވެސް ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވައެވެ.

މި ފަހަރު ހަނިމާދޫން ކޮވިޑް-19ގެ ކޭސްތަކެއް ފެނުނީ 10 ޖަނަވަރީ 2022 ގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖެނުވަރީ 16 ވަނަދުވަހު ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ