ކިޔަވައިދޭ ޓީޗަރަަކީ ކާކުކަން ދަރިވަރުންނަށް އެނގެންޖެހޭ: ޝިއްޕެ

ޚަބަރު ފަހުގެ

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންނަކީ ކޮންބައެއްކަން ދަރިވަރުންނަށް އެނގެންޖެހޭކަމަށް އެމްޑީޕީގެ ނައިބްރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

މޫނުބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ ވަގުތުތަކުގައި މޫނު ފޮތިކޮޅު ނެގުމަށް ނުވަތަ މޫނު ނުފޮރުވުމަށް އެޑިޔުުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ވަނީ ސްކޫލްތަކަަށް އަންގާފައެވެ. ސަރުކާރު ކޯލިޝަންގެ އެއް ޕާޓީ ކަމަށްވާ އަދާލަތު ޕާޓީއިން ވަނީ އެކަމާއި ދެކޮޅު ހަދައި، އެކަން ނުކުރުމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަމުގެ ހަބަރެއް ޓުވީޓުކުރައްވާ ޝިފާޒް ވިދާޅުވީ އެންމެންނަށްވެސް އިހްތިރާމް ކުރަންޖެހޭ ކަމަށެވެ. އަދި ކިޔަވައއިދޭ ޓީޗަރަކީ ކާކުކަން ދަރިވަރުންނަށް އެންގެންޖެހޭ ކަމަށާއި މުޖުތަމައުގެ ހަމަޖެހުން ބިނާ ވެގެންވަނީ އެކަކު އަނެކަކީ ކާކުކަން ދަނެގެންކަމަށް ޝިފާޒް ވިދާޅުވިއެވެ.

މޫނުބުރަރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވައިނުދެވޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ސްކޫލްތަކަށް އަންގާފައިވާކަމުގެ ހަބަރުތައް އަންނަނީ ދައުރުވަމުންނެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މީގެކުރިން ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާދީފައިވާ މުދައްރިސުން އަންނަނީ އެކަމަކީ ނުކުރުވޭ ވަރުގެ ކަމެއް ނޫން ކަމަށާއި މޫނު ބުރުގާ އެޅިކަމުގައިވިޔަސް ދަރިވަރުންނާއި ބެލެނިވެރިންގެ ލޯބި ލިބޭކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަންނަނީ ޚިޔާލު ފާޅުކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަދާލަތު ޕާޓީއިން ވަނީ އެޑިޔުކޭޝަން މިނިސްޓްރީއަށް މިމައްސަލާގައި ސިޓީއެއް ފޮނުވާފައެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ސޮއިކުރައްވާ ފޮނުވި ސިޓީގައި މޫނުބުރުގާ އަޅައިގެން ކިިޔަވައިދިނުން މަނާނުކުރުމަށް ވަނީ އެދިފައެވެ. އަދި މޫނުބުރުގާ އަޅައިގެން ކިޔަވައިދެވޭނެ މާހައުލެއް ގާއިމްކުރުމަކީ މިނިސްޓްރީއިން ކޮށްދޭންޖެހޭ ކަމެއްކަމަށް ވަނީ ބުނެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޫނު ބުރުގާ އަޅާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ފެންމަތިވުމުން އޭރު އިދިކޮޅުގައި ތިިއްބެވި ބޭފުޅުން ވަނީ އެނިންމުންތަކަށް ފާޑު ވިދާޅުވެފައެވެ. ތައުލީމީ ދާއިރާއާއި އެނޫންވެސް ވަޒީފާތަކުގައި މޫނު ބުރުގާ އަޅައިގެން މަސައްކަތް ނުކުރެވުމާއި ރިޒޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ތުނބުޅި ނުބެހެއްޓޭކަމުގެ ޝަކުވާތައް އަބަދުވެސް ދިވެހިން އަންނަނީ ކުރަމުންނެވެ. މިވެރިކަމުގައި އެކަންކަމަށް ހައްލު ހޯއްދަވާދެއްވާނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވަނީ ފާހަގަކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ