ހަނިމާދޫ ކައުންސިލުން ފުރަތަމަ ފަހަރަށް ކައުންސިލަރުންގެ ހާޒިރީ އާންމުކޮށްފިއެވެ.
މިއީ 2011 ވަނަ އަހަރުން ފެށިގެން ކައުންސިލްތައް ވުޖޫދު އައިފަހުން މިގޮތަށް ހާޒިރީ ހަމަކުރި ފުރަތަމަ ފަހަރެވެ.
މިފަހަރު ހާމަ ކޮށްފައި ވަނީ 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 ނިޔަލަށް ކައުންސިލަރުން އޮފީހަށް ހާޒިރުވެފައި ވާގޮތުގެ ތަފްސީލެވެ.
ކައުންސިލްގެ 03 ދައުރުގެ ހާޒިރީ 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 ހަމަށް
ކައުންސިލްގެ ރައީސް އަބްދުލް ސަލާމް އަލީ

92 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު ހާޒިރު ވެފައި ވަނީ 44 ދުވަހުއެވެ. ނުކުތް ދުވަސްތަކުން 14 ދުވަސް ގަޑި ޖެހިފައިވެއެވެ. ސަލާމުގައި 11 ދުވަސް ހުރިއިރު އަހަރީ ޗުއްޓީގެ 29 ދުވަސް ނަގާފައިވެއެވެ. އަދި ހާއްސަ ހާލަތުގައި ދެވޭ ޗުއްޓީގެ 8 ދުވަސް ބޭނުން ހިފާފައިވެއެވެ .
ކައުންސިލްގެ ނައިބް ރައީސް ހަސަން ސަލީމް

92 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު ހާޒިރު ވެފައި ވަނީ 83 ދުވަހުއެވެ. ހާޒިރު ނުވާ 2 ދުވަސް ހިމެނެއެވެ. އަދި ނުކުތް ދުވަސްތަކުން 57 ދުވަސް ގަޑި ޖެހިފައިވެއެވެ. 07 ދުވަސް ސަލާން ބުނެފައި ވެއެވެ.
ކައުންސިލްގެ 04 ދައުރުގެ ހާޒިރީ 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 ހަމަށް
ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން

149 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު ހާޒިރު ވެފައި ވަނީ 128 ދުވަހުއެވެ. ސަލާމުގައި 1 ދުވަސް ހުރިއިރު އޮފީސް މަސައްކަތުގައި 8 ދުވަސް ރަށުން ބޭރުގައި އުޅެފައި އެެވެ. އަދި ހާއްސަ ހާލަތުގައި ދެވޭ ޗުއްޓީގެ 12 ދުވަސް ބޭނުން ހިފާފައިވެއެވެ .
ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު

149 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު ހާޒިރު ވެފައި ވަނީ 147 ދުވަހުއެވެ. ހާއްސަ ހާލަތުގައި ދެވޭ ޗުއްޓީގެ 2 ދުވަސް ބޭނުން ހިފާފައިވެއެވެ .
ކައުންސިލް މެމްބަރު އަލީ އިބްރާހިމް

149 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު ހާޒިރު ވެފައި ވަނީ 147 ދުވަހުއެވެ. ހާއްސަ ހާލަތުގައި ދެވޭ ޗުއްޓީގެ 2 ދުވަސް ބޭނުން ހިފާފައިވެއެވެ .
ކައުންސިލް މެމްބަރު ނާޒިޔާ ހަސަން

149 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު ހާޒިރު ވެފައި ވަނީ 129 ދުވަހުއެވެ. 4 ދުވަސް ސަލާން ބުނެފައިވެއެވެ. އޮފީހުގެ މަސައްކަތުގައި ރަށުން ބޭރުގައި 2 ދުވަސް ހޭދަ ކޮށްފައިވެއެވެ . އަދި އަހަރީ ޗުއްޓީގެ 13 ދުވަހާއި ބޮޑެތި ކަންތައްތަކުގައި ދެވޭ ޗުއްޓީގެ 1 ދުވަސް ބޭނުން ހިފާފައިވެއެވެ.
ކައުންސިލް މެމްބަރު ހާރިޘާ މުހައްމަދު

149 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު ހާޒިރު ވެފައި ވަނީ 130 ދުވަހުއެވެ. ނުކުތް ދުވަސްތަކުން 04 ދުވަސް ގަޑި ޖެހިފައިވެއެވެ. ސަލާމުގައި 1 ދުވަސް ހުރިއިރު ހާއްސަ ހާލަތުގައި ދެވޭ ޗުއްޓީގެ 18 ދުވަސް ބޭނުން ހިފާފައިވެއެވެ .


