ފޮތްތަކުގައި ހުންނަ ޤުރުއާނުގެ އާޔަތްތަކުގައި ކުށް ހުރިތޯ ބަލަން ކޮމިޓީއެއް

ޚަބަރު ފަހުގެ

ފޮތްތަކުގައި ހުންނަ ކީރިތި ގުރުއާނުގެ އާޔަތްތަކުގެ ކުށްހުރިތޯ ބެލުމަށް، ފާސްކުރާ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ކޮމިޓީގެ މަގުސަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕުކުރާ ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ގުރުއާނުގެ އާޔަތްތަކުގައި ކުށްހުރުމާއި ގުޅިގެން އެކަމަށް ހައްލެއް ގެނައުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކޮމެޓީ އެކުލަވާލައި، ކޮމިޓީގެ މެމްބަރުންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.

މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އަލްޙާފިޡް ޑރ. މުހައްމަދު އިޔާޟް އަބްދުއްލަޠީފް (ކޮމެޓީގެ ޗެއަރ)، އައްޝައިޚް އަލްޙާފިޡް މުޙައްމަދު ލަޠީފް (ކޮމެޓީގެ ވައިސް ޗެއަރ)، އައްޝައިޚް ނަޞްރުﷲ ޢަލީ، އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަން، އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤް، އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބް އަދި އަލްޙާފިޡް ޢަބްދުﷲ މަސްޢޫދު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ